Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމް ކޯލިޝަންގެ ޕީޖީ ގްރޫޕާ ރައީސް ބައްދަލު ކުރައްވަނީ

ޕީޕީއެމްގެ 6 މެމްބަރަކު މިއަދު ކުއްލި ގޮތަކަށް މިއަދު ޕާޓީން ވަކިވެ ޕާޓީގެ މެޖޯރިޓީ ގެއްލިފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އާއި އެކު ބައްދަވުމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ ނިހާން ހަސަން މަނިކު ވިދާޅުވީ ޕީޕީއެމް/އެމްޑީއޭ ކޯލީޝަނާއި ރައީސް އަބްދުﷲ ޔާމީން މިރޭ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަމަށެވެ.

ސަރުކާރު ކޯލީޝަނުން ގިނަ މެމްބަރުންތަކެއް ވަކިވުމާއި ގުޅިގެން ކޯލިޝަނުގައި މިވަގުތު ހިމެނެނީ 40 މެމްބަރުންނެވެ.

ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ކުރިއަށްދާއިރު ޕާޓީން ވަކިވެއްޖެނަމަ މެމްބަރުގެ ގޮޑި ގެއްލޭ ގޮތަށް ދުސްތޫރީ މައްސަލައެއް އެޓަނީ ޖެނެރަލްގެ ފަރާތުން ސްޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެމައްސަލަ އާއި މެދު މިރޭ ގޮތެއް ނިންމަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.