Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ޤާސިމަށް ބޭއިންސާފު ހުކުމް އިއްވުން ނާކާމިޔާބުވެއްޖެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ބޭއިންސާފު ހުކުމެއް ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ޤާސިމްގެ މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ޤާސިމް އިބްރާހީމަށް މަރުހަބާ ވިދާޅުވެފައެވެ.

"ޤާސިމްގެ މައްޗަށް ބޭއިންސާފުން ހުކުމް އިއްވުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބު"

ޤާސިމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި މިވަނީ، ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމާއި ގުޅިގެންނެވެ.