Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފޭދޫގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ފޭދޫ ބޮޑު މަގުގައި ހުންނަ "ލޮގިން" ފިހާރަ ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވެފައި ވަނީ ފޭދޫ އަންހެނަކު ދުއްވާފައި ދިޔަ ބައިސިކަލަކާއި ސައިކަލެއް ޖެހިހގެންނެވެ. މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެގެން ފޭދޫ ސިއްހީ މަރުކަޒަށް ވަނީ ގެންދެވިފައެވެ.

ފޭދޫ ސިއްހީ މަރުކަޒުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދޭން ގެނެސްފައިވަނީ 21 އަަހަރުގެ ފިރިހެނަކަށާއި 50 އަހަރުގެ އަންހެނަކަށް ކަމަށެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.