ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހުވެސް ޕީޕީއެމް ވަކިވެވަޑައިގެންފިއެވެ.
މެމްބަރ ޝާހު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލްއަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ކަންކަން ހިނގަމުންދާ ގޮތުން މިނިވަންކަމާއި އެކު ވަކި ފަރާތަކަށް ނުޖެހި މަޖިލީހުގައި ވޯޓު ދިނުމަށްޓަަކައި ޕާޓީން ވަކިވީކަމަށެވެ.
ޝާހް އަކީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރުމަށް ސޮއި ކުރެއްވި މެމްބަރެކެވެ. ޝާހު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އިރު މިއަދު ވަނީ ޖުމްލް 6 މެމްބަރަކު ޕާޓީން ވަކިވެވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއިން ހިފަހައްޓަމުން އައި މެޖޯރިޓީ މިއަދު ވަނީ އެޕާޓީއަށް ގެއްލިފައެވެ.