Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ޝީޝާ "ސައިކަަލު ތާސްޓް" ގެ ނަަސީބުވެރިޔަކަށް ފަޔާޒް

ރާއްޖޭގެ ހޮންޑާ މޮޓޯ ސައިކަލްގެ އޮތޮރައިޒް ޑިސްޓިރިބިއުޓަރ "ޝީޝާ"އިން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ "ސައިކަަލު ތާރސްޓް" ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ލިބޭ ނަސީބްވެރިޔާ ހޮވައިފި އެވެ.

އިއްޔެ ޝީޝާ ޝޯވރޫމްގައި ބޭއްވި ހަފްލާއެއްގައި ނަސީބްވެރިޔާއަށް ހޮވިފައި ވަނީ، ސ. މަރަދޫ ފޭދޫ، ލީލާ މަންޒިލް ފަޔާޒް ރަފީގުއެވެ. އޭނާ ޝީޝާއިން ގަނެފައި ވަނީ ވޭވް 125 އައި އެކެވެ.

އެ ސައިކަލުގެ އަގަކީ 52،800 ރުފިޔާއެވެ. މި ޕްރޮމޯޝަންގެ ދަށުން އެއްވަނައަށްދާ ފަރާތަކަށް އެމީހަކު ސައިކަލް ގަތުމަށް ދެއްކި އަގު އަނބުރާދޭނެއެވެ.

ޝީޝާ އިން ބުނީ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެ ނަސީބްވެރިޔާއަށް އެ ފައިސާ ދޭނެ ކަމަށެވެ.

"ސައިކަަލު ތާރސްޓް"ގެ ނަމުގައި ޝީޝާއިން ޕްރޮމޯޝަން ބާއްވަމުން އަންނަ އިރު މި ޕްރޮމޮޝަނަކީ އެކުންފުނިން ކުރިއަށް ގެންދިޔަ މިފަދަ ހަތަރުވަނަ ޕްރޮމޮޝަންއެވެ.