ރޭ ދަންވަރުގެ ވަގުތެއްގައި އެމެރިކާގެ މިސިސިޕީގެ ކުޑަ އަވަށަކަށް އެގައުމުގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް ވެއްޓި 16 މީހަކު މަރުވެއްޖެއެވެ.
ބޯޓުން ދަތުރުކުރި 16 މީހުންނަކީވެސް އަސްކަރިއްޔާގެ މެރިން ކޯގެ ސިފައިންނެނެވެ. މިހާދިސާގައި ބޯޓުވަނީ ވެއްޓި އަލިފާން ރޯވެފައެވެ. ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައިނުވެއެވެ.
މިސިސިޕީ ގަވަނަރ ފިލް ބްރްޔަންޓް ވިދާޅުވެފައިވަނީ މިހާދިސާއަކީ އެމެރިކާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަސްކަރިއްޔާގެ ސިފައިން ކޮންމެ ދުވަހަކު ގައުމަށްޓަކައި އެމީހުންގެ ފުރާނަ ގުރުބާން ކުރަން ތައްޔާރަށް ނިކުންނަނީ އެމެރިކާގެ މިނިވަންކަމަށްޓަކައި ކަމަށް އޭނާގެ ވާހަކާގައި ބުނެފައިވެއެވެ.
މިހާދިސާގައި މަރުވެދިޔަ ސިފައިންގެ ތަފްސީލެއް އަސްކަރިއްޔާއިން ހާމަކޮށްފައިނުވާއިރު މެރިން ކޯގެ ސްޕޯކްސްޕާސަން ވަނީ ބީބީސީއަށް ބޯޓެއް ވެއްޓިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.