Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ޔާމީނަކީ އިސްތިއުފާ ދެއްވާނެ ބޭފުޅެއް ނޫން: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަކީ ކަމެއް ދިމާވާއިރަށް އިސްތިއުފާ ދެއްވާނެ ބޭފުޅެއް ނޫންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެންބަރުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ރައީސް ޔާމީން އަކީ ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ދިމާވާއިރަށް އިސްތިއުފާ ދެއްވާނެ ރައީސް އެއް ނޫން."

ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސް ޔާމީން ސާބިތުކަމާއި އެކު ދެމިހުންނަވާނެ ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ޤާނޫނު ހިންގުމުގައި ރައީސް ޔާމީން ވަކި މީހަކު ތަފާތެއް ނުކުރައްވާނެ ކަމަށެވެ.

އަދި ރައްޔިތުން ހަވާލުކުރެއްވި މަސައޫލިއްޔަތު އަދާކުރެއްވުމަށްޓަކައި އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް ރައީސް އަޅުއްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.