ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ކެންސަރު ފަދަ ބަލިތައް ޖެހެނީ ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއް ޖެއެވެ.
ސިޔާމް މިގޮތަށް ވިދާޅުވީ ޕީޕީއެމް އަދި އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ "އެކި މީހުންނަށް ކެންސަރާއި މިނޫން ވެސް ތަފާތު އެކި ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން" ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ސިޔާމް ވަނީ ގޮވާލައްވާފައެވެ.
ސިޔާމް ވިދާޅުވީ އަނބިދަރިންނަށް ކާންދޭން ހޯދާ ފައިސާ އަކީ ހަލާލު ގޮތުގައި ހޯދާ ފައިސާ އަށް ވާން ޖެހޭ ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ ގިނަ މެމްބަރުން ފައިސާ ހޯދުމުގައި ހަލާލެއް ހަރާމެއް ނުބަލާ ކަމަށެވެ.
މީގެ އިތުރުން ސިޔާމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަބަދުވެސް މަޖިލީހުގައި ނަގާ އެކި ވޯޓުތަކާ ގުޅިގެން އެކި އަދަަދުތަކުން ފައިސާ ހޯދާ ކަމަށާއި އެފަދަ މަންޒަރު ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.