Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ރައީސް ނަޝީދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

ލަންކާގައި މިވަގުތު ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކުގެ މައުލޫމާތު ލަންކާގެ ބޮޑުވަޒީރަށް އަރުވާފައިވާ ކަމަށެވެ.

ނަޝީދު އާއި ލަންކާގެ ބޮޑު ވަޒީރު ބައްދަލު ކުރެއްވި އިރު ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް މިވަނީ ވަރަށް ހަލަބޮލިވެފައެވެ. މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި ގުޅިގެން ވެރިކަން ކުރާ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަކި ވުމާއި ގުޅިގެން ސަރުކާރަށް މިވަނީ މަޖްލިސް މެޖޯރިޓީ ގެއްލިފައެވެ.

ވެރިކަން ކުރާ ޕާޓީން ވަކިވި މެމްބަރުންނާއި އެމްޑީޕީގެ ގިނަ މަޖްލިސް މެމްބަރުން މިވަގުތު ތިއްބެވީ ލަންކާގައެވެ. އެހެންވެ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅުން ހުރި ގިނަ ބައްދަލުވުންތައް މިވަގުތު ކުރިއަށް ދަނީ ލަންކާގައެވެ.