Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރީކޯ މޫސަ ޕީޕީއެމަށް ސޮއި ކުރައްވައިފި

އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ރީކޯ މޫސަ/ ފޮޓޯ: ޖާޑޭ ފޮޓޯގްރަފީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސަ ޕީޕީއެމް އަށް ސޮއިކުރެއްވީ މިރޭގެ ވަގުތެއްގައެވެ.

މިކަން އިއުލާން ކުރުމަށްޓަކައި ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދެއެވެ. މި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީގެ މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މޫސަ ޕީޕީއެމް އަށް ސޮއި ކުރައްވާފައިވާއިރު ފަހަކަށް އައިސް ސަރުކާރަށް ތާއީދުކުރައްވައި މޫސަ ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ޕީޕީއެމް އިން ބޭއްވި އިވެންޓްތަކުން ވެސް މޫސަ ވަނީ ފެނިގެން ގޮސްފައެވެ.