Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަސޭލާއާ ބައްދަލުވި، ތަޢާރަފްކޮށް ދިނީ ފާރިސް: ރައީސް

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ސިހުރު ހެދިކަމަށް ބުނާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަސޭލާ ވިކްރަމަސިންހަ އާއި ބައްދަލުވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވީ، މިރޭ ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަސޭލާ އާއި ބައްދަލުވެވަޑައިގެންނެވީ ޕީޕީއެމް އޮފީސް ތެރެއިން ކަމަށާއި އެމަނިކުފާނަށް އަސޭލާ ތަޢާރަފް ކޮށްދެއްވީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ކަމަށެވެ.