Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ފ. އަތޮޅު މަޝްރޫއަކާ ޒިންމާއެއް ނުވާނަން: ރައީސް

ރައީސް އަބްދުﷲ ޔާމީން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއެކު

ރާއްޖެއަށް މިހާތަނަށް ގެންނަ އެންމެ ބިޔަ އިންވެސްޓްމަންޓް ކަމަށްވާ ފ އަތޮޅު މަޝްރޫއު ކުރިއަށް ނުގެންދެވި ދާނެ ކަމުގެ އިޝާރާތެއް މިރޭ ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ ފ އަތޮޅުގައި ސައުދީން ކުރިއަށް ގެންދަން ނިންމި މަޝްރޫއު އާއި އިދިކޮޅު ލީޑަރުން ދެކޮޅު ހައްދަވާތީ އެމަޝްރޫއު ކުރިއަށް ގެންދިޔަޔަސް ނުވަތަ ނުގެންދެވުނަސް އެކަމަކާއި ޒިއްމާ ނުވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެގައުމެއްގެ ރައްޔިތުން ބޭނުން ނޫންކަމެއް ނުވާނެކަމަށާއި ތަރައްޤީ އާއި ބޮޑެތި އިންވެސްޓްމަންޓް ތަކަކީ ދުވެފައި އަންނަ އެއްޗެއް ނޫންކަމަށެވެ.