Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހިތަދޫގައި ދެ ކާރެއްގައި ހުޅުޖަހައި އަންދާލައިފި

އައްޑޫ ސިޓީ ހިތަދޫ މަގެއްގައި ޕާކް ކޮށްފައި އޮތް 2 ކާރެއްގައި ރޯކޮށް އަންދާލައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ކާރުގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން 2 ކާރުގެ ވެސް ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދައިގެން ގޮސްފައެވެ. ދެ ކާރުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލީ އެމްއެންޑީއެފް އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ އިންނެވެ.

މި ހާދިސާ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.

ހިތަދޫގައި ވެހިކަލްތަކަށް ގެއްލުންދީ ހުޅުޖެހުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ހިތަދޫ ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ވަނީ ރޯކޮށްލާފައެވެ.