ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ދެކޮޅަށް ދައުލަތުން އުފުލި ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ހުށައަޅައިފި އެވެ.
ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އެވެ.
މިދިޔަ މާޗު މަހުގައި ނެގުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން ގާސިމް އިބްރާހިމް އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް ގާސިމްވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ގާސިމް ވިދާޅުވެފައިވަނީ އެވާހައަކީ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ނިޔަތުގައި ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. އަދި އޭގެ ފަހުންވެސް އެއްވެސް މެމްބަރަކު ޖޭޕީއާ ގުޅިވަޑައިގެންފައިނުވާނެ ކަމަށާއި ދެން ކޮށް ރިޝްވަތެއްތޯ ގާސިމްވަނީ ސުވާލުއުފައްދާފައެވެ.
ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްފައިވަނީ ޕީޖީގެ ފަރާތުން ވަކީލަކު ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. ނަމަވެސް ގާޒީވަނީ އޭރުވެސް ދައުލަތަށް މައްސަލަ އަލުން ހުށައެޅުމުގެ ފުރުސަތު ދީފައެވެ.
ތަފްސީލު އަންނަނީ..