އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްގެ ޤާނޫނީ ޙައިސިއްޔަތާ މެދު ސުވާލު އުފައްދައި ޤާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.
އޭޖީ އަނިލްގެ ޤާނޫނީ ޙައިސިއްޔަތާއި މެދު ސުވާލު އުފައްދައި މައްސަލައެއް ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން އެބޭފުޅާ އަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ސުޕްރީމ ކޯޓަށް އަނިލްގެ މައްސަލަ ހުށަހެޅި ވަކީލުންނަކީ، އަލްއުސްތާޛް ޝާހީން ހަމީދު، އަލްއުސްތާޛް ހަސަން މަޢާޒް ޝަރީފް، އަލްއުސްތާޛް މައުމޫން ޙަމީދް، އަލްއުސްތާޛް އިބްރާހިމް ޝަމީލް، ޑރ. މުޙައްމަދު އިބްރާހިމް އަދި އަލްއުސްތާޛާ ޢައިޝަތު ޝިފާލާ އެވެ.