Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ލިންކް ރޯޑްގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް ރުކެއްގައި ޖެހި ފުރޮޅާލައިފި

ފޮޓޯ: އައްޑޫލައިވްާ

ލިންކް ރޯޑުން ބާރު ސްޕީޑުގައި މިރޭ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ރުކެއްގައި ޖެހި ފުރޮޅާލައިފި އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާރްއޭފް ސަރަހައްދު "ރުށްފަށާ" ހިސާބުން ހިނގި އެކްސިޑެންޓްގައި ކާރުން ޖެހުނު ރުއް ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކާރު ފުރޮޅާލާފައި ވަނީ، ރުކުގައި ޖެހި ވިއްސައިގެން ގޮސް ކުރިމަތިން ދުއްވާފައި ދިޔަ އެމްއާރްޑީސީގެ ޕިކަޕެއްގައި ޖެހުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ފުރޮޅާލި އިރު ކާރުގައި ތިބި 5 މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. ކާރު ފުރޮޅާލުމުގެ ސަބަބުން އަނިޔާވި މީހުން ކާރުގެ ތެރޭގައި ތާށިވެފައި ވަނިކޮށް އެމީހުން ކާރުގެ ތެރެއިން ނެގީ އެސަރަހައްދަށް އެއްވި އާންމުންނެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި 'އައްޑޫލައިވް'ގެ ނޫސްވެރިޔާ ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި 5 ޒުވާނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ސީރިއަސް އަނިޔާތަކެއް އެއްވެސް ފަރާތަކަށް ލިބިފައިނުވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އެކްސިޑެންޓު ވީއިރު ކާރުގައި ތިބީ 18 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނެއްގެ އިތުރުން 21 އަހަރުގެ ތިން ޒުވާނުންނެވެ.