އޮސްޓްރޭލިއާގެ ޑޮމެސްޓިކް ފްލައިޓަކުން ދަތުރު ކުރި ފަސިންޖަރަކު އޭނާގެ ހަމައެކަނި ލަގެޖެއްގެ ގޮތުގައި ބިޔަރު ދަޅެއް ޗެކިންކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ފިރިހެން މީހާގެ ނަމަކީ ޑީން ސްޓިންސަން އެވެ. ސްޓިންސަން ބުނީ އެ ޚިޔާލު އޭނާއަށް ޖޯކެއްގެ ގޮތުގައި ދިނީ އޭނާގެ ރައްޓެއްސެއް ކަމަށެވެ.
މެލްބޯން އިން ހަތަރު ގަޑިއިރުގެ ދަތުރަކަށްފަހު ޕާތް އެއާޕޯޓްގެ ލަގެޖް ރޯލުން އެންމެ ފުރަތަމަ އައި އެއްޗަކީ އެ ބިޔަރު ދަޅެވެ. އެގޮތުން އެ ދަޅު އައިސްފައި ވަނީ އޭގައި ހަރުކުރެވުނު ޓެގާއިއެކު ނުހުޅުވައެވެ.

އެހެންނަމަވެސް ސްޓިންސަން ދަތުރުކުރި އެއާލައިން ކަމަށްވާ ކެންޓަސް އިން ބުނީ އެހެން ދަތުރުވެރިން އެފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ނުދޭ ކަމަށެވެ.
ނަމަވެސް ސްޓިންސަން އާއިމެދު އެ އެއާލައިންގެ އެއްވެސް ޝަކުވާއެއް ނެތެވެ.
ސްޓިންސަން އޭއެފްޕީ އަށް މަޢުލޫމާތު ދިން ގޮތުގައި އެ ބިޔަރު ދަޅު ސަލާމަތްކަމާއި އެކީ އޭނާގެ އަތަށް ލިބުނުކަމާއިމެދު ހިތްހަމަޖެހޭ ކަމަށެވެ.
"އަދި އެ ދަޅު ހުރީ އެންމެ ފުރިހަމަ ހާލުގައި"، އޭނާ ބުންޏެވެ.