Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގެ ޓިކެޓް އަގު ހެޔޮކޮށްފި

ގައުމީ އެއާލައިން މޯލްޑިއަންގެ އެތެރޭގެ އުދުންތަކުގެ ދަތުރުތަކުގެ ޓިކެޓް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހެޔޮ ކުރާ ގޮތަށް ނިންމައިފި އެވެ.

އެ އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ކުބުނީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ޖެޓް ފިއުލްގެ އަގު ވެސް ހެޔޮވެފައިވާތީ، މިހާރު ޓިކެޓް ވިއްކަމުންދާ އަގުތަކަށް ވުރެ ދަށް ފެއާތަކެއް ތައާރަފު ކުރަން ނިންމީ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑު އާއި ފުވައްމުލަކުގެ މާލެ އެއްކޮޅު ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ 898.88ރ. އަށް ކަމަށެވެ.

މާލޭން ގދ. ކާޑެއްދޫއަށާއި ގއ. ކޫއްޑު އަށް ދިއުމަށް ކޮޅަކަށް ނަގާނީ 876ރ. އެވެ. މާލޭން ލ. ކައްދު އަށާއި ތ. ތިމަރަފުއްޓަށް ނަގާނީ ކޮޅަކަށް 854ރ. އެވެ.

މީގެ އިތުރުން މާލެ އިން ބ. ދަރަވަންދި އަށް ކޮޅަކަށް 598ރ. ނަގާ އިރު، މާލެ އިން ރ. އިފުރު އެއާޕޯޓަށް ދިއުމަށް ކޮޅަކަށް ނަގާނީ 799ރ. އެވެ.

މާލޭން ހދ. ހަނިމާދު އަށް ދިއުމަށް ކޮޅަކަށް 854ރ. ނަގާ އިރު މާލެ އިން ދ. ކުޑަހުވަދު އަށް ކޮޅަކަށް ނަގާނީ 799ރ. އެވެ.