Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"ގާނޫނު އަސާސީ ބަދަލުކޮށްފި ނަމަ ފަނޑިޔާރުކަން ގެއްލޭނެ"

ފަނޑިޔާރަކު ގާނޫނު އަސާސީ ބަދަލުކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވެފައި ވަނީ ދާދި ދެންމެއަކު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކުރުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ހިނގާނީ، އެންޓި ޑިފެކްޝަން ލޯ (ކޮޅު ބަދަލުކުރުމާ ބެހޭ ގާނޫނު) އެކުލަވާނުލާ ހިނދަކު މަޖިލިސް މެމްބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތު ބަޔާންކޮށްފައި ވަނިކޮށެވެ.