Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ކަޅު ދުވަހެއް، ޑިކްޓޭޓަރުން ބަލިވާނެ: މައުމޫން

މިއަދަކީ ރާއްޖޭގެ ޑިމްކޮރަސީ ހަޔާތުގެ ކަޅު ދުވަހެއް ކަމަށާއި ނަމަވެސް އެކަމާއި ހާސް ނުވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއަދަކީ ރާއްޖޭގެ ޑިމްކޮްރަސީ ހަޔާތުގައި ކަޅު ދުވަހެއް ކަމަށާއި ނަމަވެސް އެކަމާއި ހާސް ވާން ނުޖެހޭ ކަމަށާއި ރައްޔިންގެ ކޮޅު މޮޅުވާނެ ކަމަށާއި ބަލިވާނީ ހުދުމުހުތާރު ވެރިން ކަމަށެވެ.

މައުމޫން މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބްވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާއި ގުޅިއްޖެ ނަމަ މަޖްލިސްގެ ގޮޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބް ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަންޑާރަ ނައިބް އެދުނު ގޮތަށް ހުކުމް ކުރައްވާފައި ވަނިކޮށެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުއްވި މި މައްސަލަ ސްޕްރީމް ކޯޓުން ނިންމީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނި ވަޑައިގަންނަވާ ބެންޗަކުންނެވެ.