Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

މަރުހަބާ ސްޕްރީމް ކޯޓު: އަދުރޭ

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: އަވަސް

ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމަން ޖެހޭ ކަމެއް ނިންމުމުގައި ފަސް ނުޖެހޭނެކަން މިއަދު ސްޕްރީމް ކޯޓުން ސާބިތުކޮށްދީފި ކަމަށާއި އެކަމަށްޓަކައި ސްޕްރީމް ކޯޓަށް ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) މަރުހަބާ ދަންނަވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބްވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާއި ގުޅިއްޖެ ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖްލިސްގެ ގޮޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބް ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަންޑާރަ ނައިބް އެދުނު ގޮތަށް ހުކުމް ކުރައްވާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ ވަނީ މީގެ ކުރިންވެސް ބުނެފައިވަނީ މަޖްލިސް މެމްބަރު ރައްޔިތުން އިންތިހާބް ކުރި ޕާޓީ ބަދަލުކޮށްފި ނަމަ ގޮޑި ގެއްލެން ޖެހޭކަމަށް އަބަދުވެސް ދެކޭ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި މަޖްލިސްގެ ޕީޕީއެމްގެ މެމްބަރުންނާއި ޕާޓީގެ ސަޕޯޓަރުން ދަނީ އުފާ ފާޅު ކުރަމުންނެވެ.