Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގިނަ އަދަދެއްގެ ޑޮލަރު ބޭރު ކުރަން އުޅުނު މީހަކު ހައްޔަރު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ އިން ދައްކަން ޖެހޭ ރެމިޓެންސް ޓެކްސް ދެއްކުމުގައި މަކަރު ހަދައި، 1 ލައްކަ އަށް ވުރެ ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެ އިން ބޭރަށް ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަވާއިދާއި ޚިލާފަށް ރާއްޖެއިން ޑޮލަރު ބޭރު ކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ބިދޭސީ އެކެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ހޯދުމަށް "އައްޑޫލައިވް" އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލަކު ވަނީ ބިދޭސީ މީހަކު ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ.