Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވޯކާ މެން ސިޓީ އަށް ސޮއިކޮށްފި

ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އައި އިނގިރޭސި ޑިފެންޑަރު، ކައިލް ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.

ސިޓީ އިން ވޯކާ ގެނެސްފައިވަނީ 45 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުވެންޓަސްއަށް ކުޅުނު ޑެނީ އަލްވޭސް ހޯދަން ސިޓީއިން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ފަހު ވަގުތު ސިޓީ އަށް ނުގޮސް ފްރާންސުގެ ޕީއެސްޖީއަށް ސޮއިކޮށްފައެވެ.

ސިޓީއިން ވަނީ މިދިޔަ ސީޒަނުގައި އެވަޓަންގެ ޑިފެންޑަރު ޖޯން ސްޓޯންސް 50 މިލިއަން ޕައުންޑުގެ އަގަކަށް މެންޗެސްޓާ އަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ވީ އަގުބޮޑުކޮށް ގެނައި ސީޒަނުގެ "ފްލޮޕަށެވެ."