އިނގިރޭސިވިލާތުގެ ބައިވޯޓާ އާ ހަވާލުކޮށްގެން ސ. ހުޅުމީދޫގައި ތައްޔާރުކުރުވި ފެން ޕްލާންޓް ހައުސް ނިންމައި އެތަން ސަދަން ޔުޓްލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އާ ހަވާލްކޮށްފި އެވެ.
ހުޅުދޫ ފުއްޓަރު ފަރާތުގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓް ހައުސް އެސްޔޫއެލް އާ ހަވާލު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެސްޔޫއެލްގެ ފަރާތުން ޕްލާންޓް ހައުސް އާ ހަވާލުވެ ވަޑައިގެންނެވީ އެ ކުންފުނި ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު (އަބަހްރީ) އެވެ.
މި ރަސްމިއްޔާތުގައި ޕްލާންޓް ހައުސް ހަވާލްކޮށް ދެއްވީ ޕްލާންޓް ހައުސް ތައްޔާރުކުރުމުގައި އިސްކޮށް ހުންނެވި ބައިވޯޓާގެ އޮފިޝަލެެއް ކަމަށްވާ ސްރީލަންކާގެ ޕްރަސާދެވެ.
ހުޅުމީދޫގައި ބައިވޯޓާ އިން ތައްޔާރު ކުރި ޕްލާންޓް ހައުސް ހުރި ސަރަހައްދުން ފެށިގެން ހުޅުމީދޫ އިންޖީނުގޭ ދެކުނުން އޮތް ބިމުގައި ބައިވޯޓާ އިން ތައްޔާރުކޮށްފައިވާ 60،000 ލީޓަރުގެ މެއިން ޓޭންކަށް ފެންހޮޅި އަޅާފައިވީ ނަމަވެސް މި މަޝްރޫއުގެ ދަށުން ހުޅުމީދޫގެ ގޭގެއަށް ބޯފެން ފޯރުކޮށް ދިނުމުގެ ފެށޭނެ ދުވަަހެެއް އަދި ސީދާ ބުނަން ދަތި ކަމަށް އެސްޔޫއެލް އިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްރަށް ފެނުގެ ހިދުމަތް ދިނުމަށް ހަތަރު ޓޭންކް ބަހައްޓާފައިވެ އެވެ. އެއީ ހިތަދޫގައި ބަހައްޓާފައިވާ ތިން ޓޭންކާއި މަރަދޫފޭދޫގައި ބަހައްޓާފައިވާ ޓޭންކެވެ.