ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ މީހުންގެ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.
މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވާގޮތުން މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން މުދަލުގެ ޒަކާތަށް ވާޖިބުވާ ނިޞާބަކީ 4،944.45ރ. އެވެ. މީގެ ކުރިން ނިޞާބަކީ 5،777.45 ރ. އެވެ.
މިނިސްޓްރީން ޒަކާތަށް ވާޖިބުވާ ނިޞާބު ވަނީ މި ފަހަރު ދަށްކޮށްފަ އެވެ.
އެހެންކަމުން މިހާރު ހިޖުރީ އަހަރެއް ފާއިތުވެގެންދާ އިރު ތިމާ އަތުގައި ރައްކާ ކުރެވިފައި ހުރި ފައިސާ އަދި ބޭންކުގައި ރައްކާކޮށްފައިވާ ފައިސާ ނިޞާބު ހަމަވާ ވަރަށް ހުރިނަމަ އޭގެ 2.5 އިންސައްތަ މުދަލުގެ ޒަކާތުގެ ގޮތުގައި ނެރުމަށް ކޮންމެ މުސްލިމަކަށް ވެސް ވާޖިބު ވާނެ އެވެ.
މުދަލުގެ ޒަކާތް ބަލައި ގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.