Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ގްރޫޕް އެއްވަނާގައި އަވަ އެފްޓީ ސެމީ އަށް

އަވަ އެފްޓީ ޓީމް، ފޮޓޯ: އެފްއޭއެމް

އެފްއޭއެމްއިން ކުރިއަށްގެންދާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް އައްޑޫ ވިމެންސް އެއިމް (އަވަ) އެފްޓީ ދަތުރުކޮށްފި އެވެ.

އަވަ އެފްޓީ ސެމީ ފައިނަލަށް ދަތުރު ކުރީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއި އެކު ގްރޫޕް ދޭއްގެ އެއްވަނަ ހޯދައިގެންނެވެ. އެގްރޫޕުގެ ދެވަނަ 6 ޕޮއިންޓާއި އެކު ހޯދައި ސެމީއަށް ގޮސްފައިވަނީ ޓީރެކްސްއެވެ.

އަވަ އެފްޓީ ގްރޫޕްގެ އެއްވަނަ ހޯދީ ރޭ ޓީރެކްސް އާއި ބައްދަލުކޮށް 4-1 ލަނޑުން މޮޅުވެގެންނެވެ. މެޗްގައި އަވަ އެފްޓީއަށް ލަނޑު ޖަހާދިނީ އަލްމާ އަލީ އާއި ފަދުވާ ޒާހިރުއެވެ. މި ދެކުޅުންތެރިންވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަދުވާއެވެ.

ސެމީގައި އަވަ އެފްޓީ އަދި ޓީރެކްސް އާއި ބައްދަލު ކުރާނެ ޓީމެއް އެނގިގެންދާނީ މިރޭ ކުޅޭ ގްރޫޕް އެކެއްގެ މެޗް ކުޅެ ނިމުމުންނެވެ.