ދުނިޔޭގެ އެންމެ ގިނަ މީހުންގެ މަގުބޫލުކަން ހޯދާފައިވާ އެއް ޓީވީ ޝޯ، ގޭމް އޮފް ތްރޯންސްގެ 7 ވަނަ ސީޒަން މާދަމާ ބީބީސީން ރިލީޒް ކުރާނެ އެވެ.
ސީޒަން 6 ނިންމާލުމަށްފަހު ބެލުންތެރިން ވަނީ އާސީޒަނަށް ދިގު އިންތިޒާރެއް ކޮށްފައެވެ. އެހެން ފަހަރުތަކެކޭ ޚިލާފަށް "ބީބީސީ" އިން ވަނީ މިފަހަރު އެޕްރީލްގެ ބަދަލުގައި ޖުލައިއަށް އާ ސީޒަން ރިލީސްކުރުން ފަސްކޮށްފައެވެ.
The great war is here. #GoTS7 premieres 7.16. pic.twitter.com/1Jna10kNuQ
— Game of Thrones (@GameOfThrones) March 9, 2017
ޝޯގެ ޕްރޮޑިއުސަރުން ބުނާ ގޮތުގައި މި ސީޒަންވެސް އެހެން ސީޒަންތަކެކޭ އެއްފަދައިން ބެލުންތެރިންގެ މޫނު މައްޗަށް އެކި ފަހަރު މަތިން ހައިރާންކަން ގެނެސްދޭނެއެވެ.
ފާއިތުވެދިޔަ 7 އަހަރުވަންދެން ބެލުންތެރިން އިންތިޒާރުކުރަމުން އައި "ވިންޓާ" އައިސް، "ދަ ގްރޭޓް ވާ" ފެށިގެންދާއިރު އެތައް ބަޔަކު ތިބީ 7 ވަނަ ސީޒަނުގެ ފުރަތަމަ އެޕިސޯޑު ބަލާލުމަށް ކެތް މަދުވެފައެވެ.