Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އެޑްވާންސް ވޫންޑް ކެއާ މެނޭޖްމަންޓް ވޯކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި އެޑްވާންސް ވޫންޑް ކެއަ މެނޭޖެމެންޓް ވޯކްޝޮޕެއް ބާއްވައި ފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ޖުމުލަ 45 މީހުން ވަނީ ބައިވެެރިވެފަ އެވެ.

އޭގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލާއި، އައިއެމްޑީސީއާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނާއި ދަމަނަވެއްޓާއި އެއިމްސް ކުލިނިކުގެ ބައިވެރިން ހިމެނެ އެވެ.

މި މަހުގެ 14 އިން 15 ޖުލައި އަށް ކުރިއަށް ގެންދިޔަ ދުވަހުގެ މި މަސައްކަތު ބައްދަލުވުން ފަށްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.