Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބަކަޔޯކޯ ޗެލްސީއަށް ސޮއިކޮށްފި

ESPN

އޭސް މޮނަކޯއަށް މިދިޔަ ސީޒަނުގައި ކުޅުނު ޓިއެމޫ ބަކަޔޯކޯ އިނގިރޭސި ވިލާތުގެ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ފްރާންސުގެ ޒުވާން މިޑްފީލްޑަރު އިނގިރޭސި ޗެމްޕިއަން ޓީމަށް ސޮއިކޮށްފައިވަނީ 5 އަހަރު ދުވަހަށް ކުލަބުގައި ދެމިހުރުމަށެވެ. އޭނާ ވަނީ މިސީޒަނުގައި މޮނަކޯ ޓީމުގައި މުހިންމު ކުޅުމެއް ދައްކާފައެވެ. އަދި ޗެލްސީ އިން އޭނާ ހޯދުމަށް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައެވެ.

ދެ ކުލަބުންވެސް ބަކޮޔޯކޯގެ ޓްރާންސްފާ އަގު މިހާތަނަށް ހާމަކޮށްފައިނުވާއިރު 22 އަހަރުގެ މިޑްފީލްޑަރު ބުނެފައިވަނީ އޭނާ ކުޑައިރުއްސުރެ ސަޕޯޓުކުރަމުން ދިޔައީ ޗެލްސީއަށް ކަމަށްވުމުން އެޓީމު އިޚްތިޔާރު ކުރުމަށް އިތުރު ވިސްނުމަކަށް ދާކަށް ނުޖެހުނު ކަމަށެވެ.

ލީގު ކާމިޔާބުކުރުމުގައި އަދި ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދިއުމުގައި ބަކަޔޯކޯ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ. އޭނާގެ އިތުރުން ޗެލްސީން ވަނީ ރޯމާގެ އެންޓޯނިއޯ ރުޑިގާވެސް ލަންޑަނަށް ގެނެސްފައެވެ.