އިންޑިއާގެ ޕަޓިއާލާގައި އަންހެން ކުއްޖަކު ވިހެއުމުން އެކަމާއި ނުރުހިގެން އެކުއްޖާ ވިހެއި އަންހެން މީހާގެ ގައިގައި ތަޅާ ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.
އެގޮތުން އެ އަންހެން މީހާއަށް އަނިޔާ ކޮށްފައި ވަނީ އޭނާގެ ޅިޔަނާއި ޅިޔަނުގެ ރައްޓެއްސަކާއި ދެމީހުން ވެގެންނެވެ. އެމީހުން އެ އަންހެން މީހާ ތަޅާފައި ވަނީ އަންހެން ކުއްޖަކު ވިހެއުމުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ފިރިހެން މީހާގެ އާއިލާއިން ދިޔައީ އަންހެން މީހާގެ އާއިލާގެ ފަރާތުން ފައިސާ ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.