Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

"ޓޮޕީ ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް"

ރޭ ލިންކް ރޯޑްގައި ބަހެެއްގައި ޖެހި އެކްސިޑެންޓްވި ސައިކަލަކީ ވަގަށް ނަގައިގެން ދުއްވި ސައިކަލެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ސ. ފޭދޫ ޒުމައްރަދުގޭ އުމުރުން 22 އަހަރުގެ މުހައްމަދު ޝިފާޒް (ޓޮޕީ) އެ ސައިކަލް ވަގަށް ނަގާފަައި ވަނީ މަރަދޫ ގަރާޖަަކަށް މަރާމާތު ކުރަން ގެންގޮސްފައި ހުއްޓާ ކަމަށެވެ.

ފުލުހުން ބުނީ އެ ސައިކަލްގެ ތަޅު ހަލާކުވެގެން ގަރާޖަށް ގެންގޮސްފައި ހުއްޓައި ވަގަށް ނެގި މައްސަލަ ސައިކަލްގެ ވެރި ފަރާތުން ފުލުހުންނަށް ރޭ ރިޕޯޓް ވެސް ކޮށްފައިވާ ކަމަށެވެ.

ސައިކަލުގެ ވެރި ފަރާތުން ފުލުހުންނަށް ދީފައިވާ ސައިކަލުގެ ނަމްބަރާއި އެކްސިޑެންޓްވި ސައިކަލުގެ ނަމްބަރަކީ އެއް ނަމްބަރެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެވެ. BAOB – P3864 ނަމްބަރެވެ.

ސައިކަލާ އެކު ބަހުގެ ދަށުގައި ޓޮޕީވެ އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.