މިދިޔަ ހުކުރު ދުވަހުގެ ރޭ ގެއްލުނު ކަމަށް ރިޕޯޓު ކުރި ފުވައްމުލަކު ދޫނިގަމް މުހައްމަދު ޝަފީއުގެ އެއްވެސް ހަބަރެއް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަފީއުގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 12:05 ހާއިރުއެވެ. އެވަގުތުން ފެށިގެން ޝާފިއު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ޝަފީއުގެ އާއިލާއިން ބުނީ އޭނާ ގެއިން ބޭރަށް ގޮސްފައިވަނީ ވޮލެޓާއި ފޯނު ބާއްވާފައިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަފީއު ވާޒީފާ އަދާ ކުރަމުން އައީ އަނގާގާ ރިސޯޓުގެ ރޫމް އެޓެންޑެންޓެއްގެ ގޮތުގައެވެ. އޭނާ ރަށައް އައިސްފައިވަނީ ޗުއްޓީއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.