ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 2 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލްކޮށްފި އެވެ.
ގާސިމްގެ މައްސަލައިގެ ޝަރީއަތެއް މިއަދު ބާއްވާއިރު ހުކުރު ދުވަހު ބާއްވަން ޝެޑިއުލް ކުރި ޝަރީއަތުގެ މަޖިލީސް ވަނީ ކުއްލި ގޮތަކަށް ކެންސަލް ކޮށްފައެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ފުރަތަމަ ޝަރީއަތް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ޕީޖީގެ ވަކީލުން ހާޒިރު ނުވެގެން ކެންސަލް ކުރައްވާފައެވެ. އެފަހަރު ޝަރީއަތުގެ މަޖިލީހުގެ ބެންޗުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލު ކުރައްވާފައެވެ.
ޕީޖީންވަނީ އަލުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ވައްދާފައެވެ.