Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

އިބްރާހިމް ދީދީ މާދަމާ ކޯޓަށް ހާޒިރު ކުރަނީ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

އަިބްރާހިމް ދީދީ މާދަމާ ކޯޓަށް ހާޒިރު ކުރާއިރު މިއަދު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅޭ ލިޔެކިއުންތައް ވަނީ އިބްރާހިމް ދީދީ އާއި ހަވާލު ކުރައްވާފައެވެ.

އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާ އުފުލާފައިވާ އިރު އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު އިބްރާހިމް ދީދީ އަކީ މާލޭ އޭރިއާ ކޮމާންޑަރެވެ.

އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 10-15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ނުވަތަ އަރުވާލުމުގެ ހުކުމެއް ކުރެވޭނެއެވެ. އެފަދަ ހުކުމެއް އަތުވެއްޖެނަމަ އިބްރާހިމް ދީދީގެ މަޖްލިސް ގޮޑި ގެއްލޭނެއެވެ.

އިބްރާހިމް ދީދީގެ މައްސަލަ އަލުން ކޯޓަށް ފޮނުވާފައި މިވަނީ މި މައްސަލަ ޕީޖީން ކުރިއަށް ނުގެންދަން ނިންމާ އެކަން އިބްރާހިމް ދީދީއަށް އަންގާފައިވަނިކޮށެވެ.

ދައުވާ އުފުލާނެކަން ޕީޖީން އެންގުމާއި ގުޅިގެން އިބްރާހިމް ދީދީ ވިދާޅުވީ ދަންޖެއްސިއަސް އޭނާ ހޮވައިދިން ރައްޔިތުންނަށް ހަރާމް ކޯރު ނުވާނެކަމަށެވެ.