އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ގާސިމާއި އަރިސް ބޭފުޅަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި ގާސިމް އިތުރު ފަރުވާއަށް ލަންކާއަށް ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ސަބަބުން އޭޑީކޭއަށް އަނބުރާ ގެނެސްފައިވަނިކޮށް ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ގާސިމްގެ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ގާސިމް ދިޔައީ މެންދުރު 14:00 ގައި އޮތް ޝަރީއަތުގެ އަޑުއެހުމަކަށް ދިއުމަށް ތައްޔާރުވަމުންނެވެ.
ދިވެހި ސަރުކާރުން ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކަން އެނގިފައިވަނީ ފުރާވަޑައިގަތުމަށް އެއާޕޯޓަށް ދިއުމަށްފަހުގައެވެ.