ދުއްވި ސައިކަލާ އެކު ރޭ ބަހެއްގެ ދަށުގައި ވެ ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާ ދިނުމަށް މާލެ ފުރުވާލައިފި އެވެ.
ފޭދޫ ޒުމައްރަދުގޭ އުމުރުން 22 އަހަރުގެ މުހައްމަދު ޝިފާޒް (ޓޮޕީ) މާލެ ފުރުވާލާފައި މި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގަަި ރެ އާއި މިއަދު ފަރުވާ ދިނުމަށް ފަހު އެވެ. މާލެ ފޮނުވާލި އިރު ވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި ހާދިސާގައި ޓޮޕީގެ ބޮލަށާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު އޭނާ ދުއްވި ސައިކަލް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.