Last Updated: May 5, 09:08
Sunday, May 5, 2024
ޚަބަރު

ހިތަދޫގައި ތިން ކާރެއްގައި ރޯކޮށް އަންދާލައިފި

ރޭ ރޯކޮށްލި ކާރެ؛ ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ރޭ އައްޑޫ ސިޓީ ހިތަދޫގައި ތިން ކާރެއްގައި ރޯކޮށްލައި އިތުރު ކާރެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތިގައި ރޭ ރޯކޮށްލާފައިވަނީ ހިތަދޫ ރޯޒްމީންގޭ ކައިރީގައޮތް ދެ ކާރަކާއި، ޝިއުބު ގޭގައިއޮތް ކާރެއްގައެވެ. މީގެ ތެރެއިން ޝިއުބު ގޭގައިއޮތް ކާރު ރޯވެފައިވަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް، އަނެއް ދެކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ރޭ ރޯކޮށްލި ކާރެ؛ ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށާއި، އިތުރު ބަޔަކު މިކަމުގައި ޝާމިލްވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ރޭ ރޯކޮށްލި ކާރެ؛ ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ފުލުހުން ބުނީ ކާރުތަކުގައި ރޯކުރުން މިފަހަކަށް އައިސް ހިތަދޫގައި އާއްމުވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން މިކަން ކުރާ ފަރާތްތައް ހޯދުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ..

މިމަހުގެ 12 ވަނަ ދުވަހުވެސް ވަނީ ހިތަދޫ 2 ކާރެއްގައި ރޯކޮށްލާފައެވެ.