ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލެވުނުތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި މިހުރިހާ ދުވަހު އެމަނިކުފާނު ނުދައްކަވާ ވާހަކަ މިއަދު ކުއްލިއަކަށް ދައްކަނީ ކޮން ބޭނުމެއްގައިތޯ ފިޝެރީޒް މިނިސްޓަރ، ޑރ. ޝައިނީ ސުވާލުކޮށްފި އެވެ.
ރޭ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ މިހުރިހާ ދުވަހު ނުދައްކާ ވާހަކަ މިއަދު ކުއްލިއަކަށް ދައްކަން ފެށުމުން އެވާހަ ގަބޫލު ކުރާނެ ބަޔަކު މިރާއްޖޭގައި ނެތް ކަމަށެވެ.
""އެ ވާހަކަތައް ގަބޫލު ކުރާނީ ކާކުތޯ. މި ހުރިހާ ދުވަހު އެވާހަކަ ނުދައްކާފަ ދެން ނުކުމެ ފާޑުފާޑު ވާހަކަ ދެއްކީމަ ކާކުތޯ ގަބޫލު ކުރާނީ،"
ޝައިނީ ވަނީ އަދީބު ދައްކާ ވާހަކަތަކަކީ ކޮށްފައިވާ ހުކުމުން ސަލާމަތް ވުމަށް "ހަދަހަދައިގެން" ދައްކާ ވާހަކަތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.