Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ކާރުތަކުގައި ރޯކޮށްލީ ބަނޑުހައިވެ، ގޮޅި އަށް ދާން"

ހިތަދޫގައި ރޭ ކާރުތަކެއްގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންގޮސްފި އެވެ.

ހިތަދޫ، "ފޯލޭންޑް" ހިސާބުން 3 ކާރެއްގައި ރޯކޮށް އިތުރު ކާރެއްގައި ރޯކޮށްލާފައި ވާއިރު، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހިތަދޫގައި މިގޮތަށް ރޯކޮށްލި ކާރުގެ އަދަދު 7 އަށް އެރީއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުތަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފަ އެވެ.

އެމީހުން ތަހުގީގުގައި ބުނެފައިވާ ގޮތުގައި "ކާރުތަކުގައި ރޯކޮށްލާފައި ވަނީ ބަނޑުހައިވެގެން ގޮޅި އަށް ދާން ބޭނުންވެގެން" ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކަށް ވާތީ މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.