އައްޑޫ ލިންކް ރޯޑްގައި ރޭ ހިނގި އެކްސިޑެންޓެއްގައި ބަހެއްގެ ދަށުގައިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މުހައްމަދު ޝިފާޒް (ޓޮޕީ) މިއަދު ހަވީރު މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މިރޭ މަރުވެއްޖެ އެވެ.
އޭނާ މަރުވީ މިރޭ 8:30 އެހާކަށްހާ އިރު ކަމަށް އައިޖިއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ޓޮޕީ، 22، މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ރޭ ޓޮޕީ ދުއްވި ސައިކަލާ އެކު ޝަންގްރިއްލާ މުވައްޒަފުން އުފުލާ ބަހެެއްގެ ދަށުގައި ވެ އޭނާގެ ބޮލަށާއި ބުރަކައްޓަށާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ސީރިއަަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ޓޮޕީ ހަވީރު މާލެ ފޮނުވާލި އިރު ވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
އަދި އޭނާ އަށް ލިބިފައިވާ އަނިޔާތައް ސީރިއަސްކަމުން އައްޑޫން ފޮނުވާލި އިރު ޑޮކްޓަރުގެ އުންމީދު ކުޑަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.