Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަލީ ހަމީދު ލަންކާ އަށް ވަޑައިގެންފި

ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ލަންކާ އަށް ވަޑައިގެންފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަމީދު ލަންކާ އަށް ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ލަންކާ އެއާޕޯޓުގައި މިވަގުތު ހުންނެވި އަލީ ހަމީދު މިއަދު ހަވީރު އިންޑިޔާގެ ބެންގަލޫރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސުޕްރީމް ކޯޓުގައި މަސައްކަތުގައި އިންވަނިކޮށް އަނބުރައިގަނެގެން، ކުއްލި ހާލަތުގައި އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު 10 ދުވަސް ވަންދެން ފަރުވާދިނުމަށް ފަހު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ.

އަލީ ހަމީދު ހޮސްޕިޓަލުން ޑިސްޗާޖް ކުރި ނަމަވެސް އެ ބޭފުޅާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.