Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސާއިދު 100 މީޓަރުން ރަން މެޑަލް ހޯދައިފި

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު މެލޭޝިޔާގެ އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފި އެވެ.

މުޅި އޭޝިޔާގެވެސް އެންމެ ބާރު ދުވުންތެރިންގެ ލިސްޓުގެ ހަތަރުވަނަ ހޯދާފައިވާ ސާއިދު މިރޭހުން އެއްވަނަ ނަގާފައިވަނީ 10:48 ސިކުންތުން ރޭސް ނިންމާލައިގެންނެވެ.

ރޭހުގައި ސާއިދު ވާދަކޮށްފައިވަނީ މެލޭޝިޔާ، ފިލިޕިންސް، އިންޑޮނީޝިއާ އަދި ސިންގަޕޫރުފަދަ ބޮޑެތި ގައުމުތަކުގެ ދުވުންތެރިންނާއެވެ.

ޖެހިޖެހިގެން ތިން އަހަރު ސާއިދު ރަން މެޑަލް ހޯދާފައިވާއިރު ފުރަތަމަ ބައިނަލް އަގުވާމީ މުބާރާތަކުން ރަން މެޑަލް ގެނައީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދައިގެންނެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ވެސް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.