Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

އަނޫޕަމްގެ "ރާންޗީ ޑައިރީޒް" ގެ ޓީޒާ ދައްކާލައިފި

"ރާންޗީ ޑައިރީޒް" އަކީ އަނޫޕަމް ޚޭރް، ޖިމީ ޝެރްގިލް، ސޯންޑަރްޔާ ޝަރްމާ، ހިމާންޝް ކޯލީ އަދި ތާހާ އެކުގައި ފެނިގެން ދާނެ ފިލްމެކެވެ.
ފިލްމުގައި ފެނިގެން ދާނީ ޒުވާން މޮޑެލް އަދި އެކްޓްރެސްއަކާއި އޭނާގެ ގޯޑްފާދާ ދިރިއުޅުމުގައި ކާމިޔާބުވާން ކުރާ މަސައްކަތުގެ ވާހަ ކައެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ފިލްމްގެ ޓީޒާ ޓްރެއިލާ އެއް ދައްކާލއިފަ އެވެ.

އެ ޓްރެއިލާ އިން އެނިގެންދާ ގޮތުގައި ފިލްމުގައި އުޅޭ މީހުން ދަނީ ބޭންކެއް ފަޅާ އޭގެއިން ވައްކަން ކުރުމަށް ރާވަމުންނެވެ. އަދި އެކަން ވެގެން ދާނީ އެހާ ފަސޭހަ ކަމަކަށް ނޫންކަން ވެސް އެ ޓްރެއިލާ އިން އެނގެއެވެ.

ބައްތިރީސް ސިކުންތަށް ދެމިގެންދާ އެ ޓްރެއިލާ އިން ވަރަށް އާ މޫންތަކެއް ބޮލީވުޑް އިންޑަސްޓްރީ އަށް ތަޢާރަފްވެގެން ދެއެވެ.

"ރާންޗީ ޑައިރީޒް" ގެ ލީޑް ރޯލްތައް ކުޅޭ ދެ ތަރިންނަކީ އަނޫޕަމް ޚޭރް އާއި ޖިމީ ޝޭރްގިލް އެވެ.