Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

"ޝޭމްލެސް" ގެ ނޮއެލް އާއި ލޭލާ ކައިވެނިކޮށްފި

މަޝްހޫރު ސީރީސް "ޝޭމްލެސް" ގައި މިކީ މިލްކޮވިޗްގެ ރޯލް އަދާކުރި ނޮއެލް ފިޝާ އޭނާގެ ލޯބިވެރިޔާ ލޭލާ އަލީޒާދާ އާއި ކައިވެނިކޮށްފި އެވެ.

އެކީގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހު ފިޝާ އާއި އަލީޒާދާ ކައިވެނި ކޮށްފައި ވަނީ ދެފަރާތުގެ އާއިލާ އާއިއެކު ބޭއްވި ކުޑަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ބައިވެރިވީ ޖުމްލަ 60 މީހުންނެވެ.

އަލީޒާދާގެ ވެޑިން ޑްރެސް އަކީ ޑިޒައިނާ މެޑެލިން ގާޑްނާގެ ބްރޭންޑް "މޮރިލީ"ގެ ހެދުމެކެވެ. އަދި ފިޝާގެ ފޭރާން ފަރުމާ ކުރީ މަޝްހޫރު ޑިޒައިނާ ކެނެތު ކޯލް އެވެ.

އުމުރުން 33 އަހަރުގެ ފިޝާ އާއި އުމުރުން 29 އަހަރުގެ އަލީޒާދާ ލޯބީގެ ގޮތުން ގުޅުނީ "ޝޭމްލެސް" ގައި އެކީގައި މަސައްކަތް ކުރުމަށްފަހު އެވެ.