Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ލުކާކޫގެ ފުރަތަމަ ގޯލާ އެކު ޔުނައިޓެޑް ސޯލްޓް ބަލިކޮށްފި

ޕްރީ ސީޒަން ފްރެންޑްލީސްގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ގެލެކްސީ ބަލިކުރުމަށް ފަހު މެން ޔުނައިޓެޑު ރެއަލް ސޯލްޓް ލޭކާ ދެކޮޅަށް ނިކުތީވެސް މޮޅެއް ހޯދުމަށެވެ.

ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ލޭކުގެ ލޫކަސް ސިލްވާ ވަނީ ޔުނައިޓެޑު ކޮޅަށް ގޯލު ޖަހައި ސަޕޯޓަރުން ހައިރާން ކޮށްލާފައެވެ. ނަމަވެސް ސޯލްޓް ލޭކަށް ލީޑު ހިފެހެއްޓިފައިވަނީ އެންމެ 5 މިނެޓަށެވެ. 29 ވަނަ މިނެޓުގައި ހެންރިކް މިޚިތަރިޔާން ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑުން ދެވަނަ ފަހަރަށް ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިސީޒަނުގައި އަލަށް ކުލަބާއި ގުޅުނު ރޮމެލޫ ލުކާކޫއެވެ.

ދެވަނަ ހާފުގައި ފުރަތަމަ ހާފުގައި ކުޅުނު 11 ކުޅުންތެރިން އެއްކޮށް މޮރީނިއޯ ބަދަލުކޮށްފައިވާއިރު ދެވަނަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް މެޗުގެ ނަތީޖާއަށް ބަދަލެއް ގެނެވިފައެއްނުވެއެވެ. ނަމަވެސް ޔުނައިޓެޑުގެ ވެލެންސިއާ ވަނީ 68 ވަނަ މިނެޓުގައި ރަތް ކާޑެއް ހޯދާފައެވެ.

ޔުނައިޓެޑު ދެން ކުޅެން ޖެހޭނީ ބުރާސްފަތި ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެމެޗަށް ފަހު 23 ޖުލައި ގައި ޔުނައިޓެޑު ނިކުންނާނީ ރެއަލް މެޑްރިޑާ ދެކޮޅަށެވެ.