Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފާރިސްގެ އެޕާޓްމަންޓް ފާސްކުރަން ފުލުހުން ވަދެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށް އެ ތަނަށް ފުލުހުން ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ފާރިޝްގެ އެޕާޓްމަންޓަށް ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ހޯދުމަށްޓަކައި ފާރިޝް އާއި އިތުރު ބަޔަކުވެގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

ފާސްކުރުމަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް އިންޓެލިޖެންސްގެ ސިއްރު މައުލޫމާތާއި ހެއްކެއްގެ ހެކިބަހާއި ފާރިޝްގެ ފޯނުން ލިބިފައިވާ މައުލޫމާތު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ފާރިސްގެ ގެއަށް ގޮސްފައިވަނީ ފާރިސް ހައްޔަރުކުރުމަށެވެ. ނަމަވެސް އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

ފުލުހުން ވަނީ މުޅި އެސަރަހައްދު ބަންދުކޮށްފައެވެ.