ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނުމުން އެނގެނީ ރައީސް ޔާމީނަށް ގޮތް ހުސްވެފައިވާ ކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ ފާރިޝްގެ އެޕާޓްމަންޓު ފާސްކުރުމަށް ފުލުހުން ވަނުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ފާރިޝްއަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި މިކަމުގެ ސަބަބުން ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫން ކަމަށެވެ.
MP @afarismaumoon is strong,smart,tenacious and won't be intimidated.Prez Yameen highlighting his desperation by going after his own nephew
— Mohamed Nasheed (@MohamedNasheed) July 18, 2017
އަދި ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަ ކޮއްކޯފުޅަކު ހައްޔަރު ކުރަން މަސައްކަތް ކުރުމަކީ ގޮތް ހުސްވުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ފާރިސްގެ އެޕާޓްމަންޓަށް ފުލުހުން ވަދެފައިވަނީ ރިޝްވަތު ދިންކަމަށް ކުރެވޭ ތުހުމަތަށް ހެކި ހޯދުމަށެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ވަދެފައިވާއިރު މިއަދު ހެނދުނު 6:00 އިން ހަވީރު 6:00 އަށް އެގޭ ފާސްކުރުމުގެ ހުއްދަ ކޯޓުން ވަނީ ފުލުހުންނަށް ދީފައެވެ.