Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ގައިދީ އަކު ނިޔާވެއްޖެ

މާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ރޭގެ ފަތިހު 3:30 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި މި ވަނީ ހ. ލަންދޫގޭ އިރުމަތީބައި އުމުރުން 52 އަހަރުގެ މުހައްމަދު ބަދީޢު އެެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ އިއްޔެ މެންދުރުގެ ވަގުތެއްގައިކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވައެވެ.

ބަދީޢު ނިޔާވިއިރު ފަރުވާ ދެވެމުން ދިޔައީ ހަކުރު ބައްޔަށެވެ.

ބަދީއު ތަންފީޒުކުރަމުންގެންދިޔައީ 10 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް ނަަމަވެސް އެއީ ކޮން ކުށަކާ ގުޅޭ ހުކުމެއް ކަމެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހާމަކޮށްފައެއް ނުވެއެވެ.