އައްޑޫސިޓީގެ ބައެއް އަވަށު އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ކައުންސިލް އިދާރާގެ ފަރާތުން 16 ޖުލައި ގައި ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ، 1 އަހަރު ދުވަހު މުއްދަތަކަށެވެ. އަދި އެފަރާތަކުން ބަލަހައްޓަން ޖެހެނީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށު އޮފީހުގެ ސެކިއުރިޓީއެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި އަވަށު އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް 19 ޖުލައި 2017 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އެބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭއިރު، އަންދާޒީ ހިސާބު ހުށަހެޅުމުގެ ފަހު ތާރީޚަކީ، 24 ޖުލައި 2017 ވަނަ ދުވަހުގެ 13.00 އެވެ.