Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

75 އަހަރު ކުރިން ގެއްލުނު "ދެމަފިރިއަކު" ފެނިއްޖެ

ދެމަފިރިންގެ ހަށިތައް ފެނުނު ސަރަޙައްދު -

މީގެ 75 އަހަރު ކުރިން ގެއްލުނު ދެމަފިރިއެއްގެ ގަނޑުވެފައިވާ ހަށިގަނޑު ސްވިޓްސަލޭންޑްގައި ވިރެމުންދާ ގްލޭސިއާއަކުން ފެނިއްޖެ ކަމަށް އެޤައުމުގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

މާސެލިން އަދި ފްރޭންސިން ޑުމޯލިން އެމީހުންގެ ގެރިތައް ހުއިހިއްޕަން އެލްޕްސް އަށް ގޮސް އުޅެނިކޮށް 1942 ވަނަ އަހަރުއެވެ. އެ ދެމަފިރިންނަށް ހަތް ކުދިން ލިބިފައިވެއެވެ.

ސްވިސް ފުލުހުން ބުނާ ގޮތުގައި މަރުވެފައިވާ ދެމީހުންގެ ހަށިތައް ފެނިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސްކީ-ލިފްޓް ކުންފުންޏެއް ކަމަށްވާ 'ގްލޭސިއާ 3000' ގެ މުވައްޒަފަކަށް ކަމަށެވެ. ހަށިތައް ފެނުނީ 'ލި ޑިއަބްލޮރެޓްސް' ރިސޯޓްގެ މަތިން ސެންފްލޮރެން ގްލޭސިއާ އިންނެވެ.

އޭގެތެރެއިން އެންމެ ހަނގު އަންހެން ދަރިފުޅު ކަމަށްވާ އުމުރުން 79 އަހަރުގެ މާސެލިން އަޑްރީ-ޑުމޯލިން ބުނާ ގޮތުގައި އެމީހުންގެ މުޅި ދިރިއުޅުން ހޭދަކުރީ މައިންބަފައިން ގެއްލިގެން ހޯދުމުގައެވެ.

ގްލޭސިއާ ތެރެއިން ފެނުނީ އޭނާގެ މައިންބަފައިންގެ ހަށިތައް ކަމަށް ސާބިތުކުރުމަށްޓަކައި އަދި ޑީއެންއޭ ޓެސްޓެއް ވަނީ ނުހެދިފައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ޑީއެންއޭ ޓެސްޓް ހެދޭނެއެވެ.

ސްވިސް ފުލުހުން ބުނާ ގޮތުގައި މަރުވެފައިވާ ދެމީހުންގެ ހަށިތައް ފެނިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސްކީ-ލިފްޓް ކުންފުންޏެއް ކަމަށްވާ 'ގްލޭސިއާ 3000' ގެ މުވައްޒަފަކަށް ކަމަށެވެ. ހަށިތައް ފެނުނީ 'ލި ޑިއަބްލޮރެޓްސް' ރިސޯޓްގެ މަތިން ސެންފްލޮރެން ގްލޭސިއާ އިންނެވެ.

'ގްލޭސިއާ 3000' ގެ ޑިރެކްޓަރު ބާންހާޑް ޗެނެން ވިދާޅުވީ މަސައްކަތު މީހާއަށް އެ ގަނޑުފެންގަނޑުގެ އަޑިން ބައެއް ދަބަސްތަކާއި، ބޯތަށްޓާއި ބިއްލޫރި ފުޅިއެއްގެ އިތުރުން އަންހެނަކާއި ފިރިހެނެއްގެ ބޫޓް އަދި ހަށިގަނޑެއްގެ އެއްބައި ފެނުނު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި އެ ދެމަފިރިން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނީ ކަމަށާއި، އެ ދެމީހުންގެ ހަށިތައް ގްލޭސިއާގެ ތެރޭގައިވާތާ މިހާރު 70-80 އަހަރު ވެދާނެ ކަމަށެވެ. އަދި އެއީ އަންހެނަކާއި ފިރިހެނެއް ކަމަށާއި، އެ ދެމީހުން ތިބީ އެކަކު އަނެކަކު ކައިރީ ޖެހިޖެހިގެން ކަމަށާއި، އެމީހުންގެ ލައިގެން ތިބީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މީހުން ލައި އުޅުނު ފޭރާން ކަމަށެވެ.

އަޑްރީ-ޑުމޯލިން ބުނާ ގޮތުގައި އޭނާގެ މަންމަ އަކީ ޓީޗަރެއް ކަމަށާއި އެގޮތަށް ބައްޕައާއި އެކީ ހިނގާލަން ދިއުމަކީ އާންމުކޮށް ކޮށް އުޅުނު ކަމެއް ނޫން ކަމަށެވެ. އެއީ އޭނާގެ ޒުވާން ދުވަސްވަރު އޭނާ ގިނައިން އުޅުނީ ބަނޑުބޮޑުވެގެން ކަމަށެވެ.

އަޑްރީ-ޑުމޯލިން ބުނީ އޭނާގެ އެއްބަނޑުއެއްބަފާ ހުރިހާ ކުދިން އެކިއެކި އާއިލާތަކަށް ދިނުމުގެ ސަބަބުން އެންމެންނާއި މިހާރު ގުޅުން ކެނޑިފައިވާ ކަމަށެވެ.

އަދި އޭނާގެ މަންމައާއި ބައްޕައަށްޓަކައި ރަނގަޅު ޖަނާޒާއެއް ބާއްވާނެ ކަމަށާއި، އެ ޖަނާޒާގައި ކަޅު ކުލަ ލުމުގެ ބަދަލުގައި ލާނީ ހުދު ކުލައިގެ ފޭރާން ކަމަށެވެ. އެއީ އޭނާ މިހުރިހާ ދުވަހު ކުރަމުން އައި އުއްމީދު ރަމްޒުކޮށްދޭ ކުލައަކަށް ހުދު ކުލަ ވާތީ ކަމަށެވެ.